ޚަބަރު
އެއާޕޯޓުގައި ގަވައިދާ ހިލާފަށް އުޅޭ ޓެކްސީތަކަށް ފިޔަވަޅު އަޅަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގަވައިދާ ހިލާފަތް ހަރަކާތްތެރިވާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނީ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ މި މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން ފެށި މަސައްކަތުގެ ތެރެއިން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ޝަކުވާތައް ހިމެނެ އެވެ.

މި މައްސަލަތައް ހައްލު ކުރުމަށް އާންމުންގެ ފަރާތުން އުފެދޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ކިއުއާރް ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ މިނިސްޓްރީއަށް ލިބުނު ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާކަމަށްވެސް ބުނެފައިވެ އެވެ.

ޓެކްސީތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް ދުވަހެއް ދުވަހަކަށް ގިނަވާކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އަދި އެމްއޭސީއެލްގެ އެމްޑީ ހިމެނޭގޮތަށް އިއްޔެ މަޝްވަރާކޮށް ޓެކްސީ މެނޭޖް ކުރުމަށް ޕްލޭނެއް އެކުލަވާލާ ތަމްފީޒު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ހައްލު ކުރުމަށް މިހާރު ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރި ވަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top