ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ލުތުފީ ރާއްޖެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒްނަ ނުލިބުމުން ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅު ކުރީގެ ޕޮލިސް ކޮމިޝަނަރުން ދޮގުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެ މޭރެމުން ވާހަކަދެއްކީ އިއްޔެ ލުތުފީ ރާއްޖެ ނުގެނެވި ލަސްވި މައްސަލައިގަ އިމްރާން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު، އިމްރާންގެ އެވާހަކަތަކަށް ދޮގުކުރައްވައި ވިދާޅުވީ، ގެ މައުލޫމާތު ވެސް ލިބުނު ކަމަށާއި، އެ މައުލޫމާތު ވެސް އުމަރުގެ ލަފަޔާ އެއްގޮތަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެކަމަށެވެ. އަދި، ރައީސް ޔާމީން އަދި އުމަރު ނަސީރު ވެސް ލުތުފީ ހޯދައިގެން ރާއްޖެ ގެންނާން މަސައްކަތް ކުރެއްވި ކަމަށާއި އެކަން ލިޔެކިޔުންތަކުން ވެސް ފެންނާން ހުންނަން ޖެހޭނެ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން، ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވީ، އެއްވެސް އިރެއްގައި ލުތުފީ ނުގެންނަން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި، ލުތުފީ މާލެ ގެނައުމަކީ ރައީސް އަބްދުﷲ ޔާމީން އާއި ހޯމް މިނިސްޓަރު އުމަރުގެ ވެސް ވަރަށް އިސްކަން ދެއްވި ކަމެއް ކަމަށާއި، އަދި އިއްޔެ މަޖިލީހުގައި މިނިސްޓަރު އިމްރާން ދެއްކެވީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ.
ކުރީގެ ސީޕީ އަދި މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެކަމާއި ގުޅޭ ގޮތުން ވިދާޅުވީ، ފިލައިގެން އުޅޭ މީހަކު ހޯދުމަށް ފުލުހުންނަށް ހޯމް މިނިސްޓަރުގެ ހުއްދައެއް ބޭނުންނުވާނެ ކަމަށެވެ.