ސެންޓަރ ފޯ ހަޔަރ ސެކެންޑްރީ އެޑިއުކޭޝަންއަށް 40 އަހަރު ފުރުން ކުލަގަދަ ކޮށް ފާހަގަކޮށްފިއެވެ.
އިއްޔެ ވަނީ ސީއެޗްއެސްއީގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. މިނިސްޓަރު ވަނީ އެ ރަސްމިއްޔާތުގައި އެ ސުކޫލުގެ ހަނދާނީ ކެންވަސްގައި ސޮއި ވެސް ކުރައްވާފައެވެ.
ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ދަރިވަރުންނާއި މުހާތަބުކުރައްވައި، މިނިސްޓަރ އައިޝަތު އަލީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ ރަސްމިއްޔާތުގައި ވަނީ އެ ސުކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް ފަޅާފައެވެ.