އެންމެ 7 މިނެޓް ތެރޭގައި ކެންސަރު ހުރިތޯ ބެލިދާނެ ވަސީލަތެއް ޓެސްޓް ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ފަށައިފިއެވެ. 

"އިލެކްޓްރިކަލް ނޯސް"ގެ ނަމުން ނަންދީފައިވާ މި ވަސީލަތް ބޭނުންކޮށްގެން ހަދަނީ ނޭވާލުމުގެ ޓެސްޓެކެވެ. އެ ގޮތުން އެ ޓެސްޓުގެ ޒަރިއްޔާއިން ކެންސަރުގެ ސަބަބުން އުފެދޭ ކެމިކަލްތައް ހަށިގަނޑުގައި ހުރިތޯ ދެނެގަނެވޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ. 

"އިލެކްޓްރިކް ނޯސް" އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ފުއްޕާމޭގެ ކެންސަރު ހަށިގަނޑުގެ ތެރޭގައި ހުރިތޯ ދެނެގަތުމަށެވެ.

ކުރިއަށް އޮތް ޚަރީފް މޫސުމުގައި މި ވަސީލަތް ޓެސްޓު ކުރުމުގެ މަސައްކަތް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ބައެއް ހޮސްޕިޓަލުތަކުގައި ފަށާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ 2 ހޮސްޕިޓަލަކާއި އެމެރިކާގެ 2 ހޮސްޕިޓަލެކެވެ.

ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މި ވަސީލަތް އާއްމުކޮށް ބޭނުންކުރަން ފެށޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.