މާލޭގެ ގެއަކުން މީހަކު ހައްޔަރުކުރުމުގައި ބާރުގެ ބޭނުންކޮށް ތަޅާ އަނިޔާކުރި ވީޑިއޯއެއް އާންމުވެ، 7 ފުލުހަކު ސަސްޕެންޑު ކުރުމާއި ގުޅިގެން ގިނަ ފުލުހުންތަކެއް އެމީހުންގެ ދިފާއުގައި މީސް މީޑިޔާގައި ޝުއޫރު ފާޅުކުރަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ ފުލުހުން ވަނީ އެމީހުންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ "ވިތް ޑީީއީޑީ" ޖަހާފައިވާ ކަޅު ކުލައިގެ ފޮޓޯއަކަށް ބަދަލުކޮށްފައެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވަނީ  7 ފުލުހަކު ސަސްޕެންޑު ކުރުމުގެ އިތުރުން ޖިނާއީ ތަހުގީގެއް ވެސް ހިންގަން ފަށާފައެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 471 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު ފުލުހުން ވަނީ އެގޭ ތެރޭގައި ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.