ރާއްޖޭގެ ރަށެއްގައި 30،000 ރުފިޔާއަށް ތުއްތު ކުއްޖަކު ވިއްކާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުއްޖަކު ވިއްކާލި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކުއްޖަކު ވިއްކާލި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް އެ މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.