"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތެއްގެ ހައްގެއް ނުގެއްލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރުމަށް ހަމަޖައްސާފައިވާ މުއާހަދާގެ ކަންތައް ކުރިއަށްދާނީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި، އެ ގާނޫނުގައި، ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދުކުރުމާއި، މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ، އެ ގާނޫނުގެ ދަށުން ގައުމުތަކުން ރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. 

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއާ އެކު ސޮއި ކުރާ މުއާހަދާގެ ދަށުން ހެކިބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތަކު އެހެން ގައުމަކަށް ގެންދެވޭނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ތެރެއިން އެ ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭގޮތުން ހާއްސަ ގެރެންޓީއެއް ޕްރޮސެކިއުޓާ ޖެނެރަލް ދިނުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މުއާހަދާއަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.