މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲއެވެ.

އެ ބިލް މަޖިލީހަށް މިއަދު ބަލައިގަންފައިވަނީ، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި، 76 މެމްބަރުންގެ ތާއީދުންނެވެ.

އެބިލަށް މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔައިރު، ގިނަ މެމްބަރުން ވަނީ އެބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކާވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލް ބަލައިގަތުމަށް ފާސްކުރުމުން، އެ ބިލު ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.