އިންޑިއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ "މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ" އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
"މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް ޓްރީޓީ"ގައި ބައިވެރިވުމަށް ހަދާ މުއާހަދާއަށް ރުހުން ދޭން ފާސްކުރީ، 65 މެންބަރުންގެ ވޯޓުންއެވެ.
އެ އެއްބަސްވުމަށް ރުހުން ދިނުމާއި ދެކޮޅަށް ވޯޓް ދީފައިވަނީ، 11 މެމްބަރުންނެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ، އެ އެއްބަސްވުމަށް ރުހުން ދިނުމާއި ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށްފައެވެ.
މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން މުއާހަދާ ދިރާސާކުރުމަށް ފަހު، މުއާހަދާއަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ރިޕޯޓު ހުށަހެޅިއެވެ.
މިއީ ރާއްޖޭގެ ފަރާތުން އެހެން ގައުމަކާއެކު މިފަދަ މުއާހަދާއެއްގައި ސޮއި ކުރާ ފުރަތަމަ ފަހަރެވެ.