މިއަހަރު ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން އިތުރަށް ދިން 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވީ، އިތުރަށް ލިބުނު 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ ހުރި 500 ކޯޓާގެ ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ މެދުގައި ބަހާލާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކޯޓާ ބެހުމުގައި އަމަލުކޮށްފައިވާނީ ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގެ ދިހަވަނަ މާއްދާއަށް ކަމަށެވެ. 

އެގޮތުން އެކްރޯ ޕްރައިވެޓް ލިމިޓެޑަށް 10 ޖާގަ، އަލް ހަރަމައިން ހައްޖު އެންޑް އުމްރާ އަށް 71 ޖާގަ، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށް 140 ޖާގަ އަދި މިނާ ހައްޖު އެންޑް އުމްރާ ގްރޫޕަށް 279 ޖާގަ ދީފައި ވެއެވެ.

ޒައީ ހައްޖު ގްރޫޕުން އިތުރަށް ކޯޓާ ނަގާފައެއް ނުވެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.