ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ލުތުފީ ގެނައުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި ހުއްޓައި ލުތުފީ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒްނަ ނުލިބުމުން ކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތައް އުމަރު ނަސީރު ދޮގުކުރައްވައިފިއެވެ.

އުމަރު ނަސީރު، އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އެއީ ދޮގު ކަމަށާއި، ހާޖަރާގެ ލުތުފީ ރާއްޖެ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާނީ އެބޭފުޅާ ކަމަށެވެ.

އުމަރު ވިދާޅުވީ، ރާއްޖެއަށް ތިނެއް ނޮވެމްބަރުގެ ހަމާލަތައް ދިން އިރު އެބޭފުޅާއަކީ ސިފައިންގެ މީހެއް ކަމަށާއި އެ ދުވަހުގެ ހަމަލާ އެބޭފުޅާ ތަޖްރިބާ ކުރެއްވި ކަމަށެވެ. އަދި އެބޭފުޅާއަށް އެދުވަހުގެ ހަމަލާގައި ޝަހީދުވި ދިވެހިން ލެއިން ތަތްތެޅިގެން އެކި ތަންތަނަށް ވެއްޓިފައި ތިބި ތަން ފެނިވަޑައިގެން ކަމަށާއި، އެހެން ކަމުން އެބޭފުޅާ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިއަދު މަޖިލީހަށް ހާޒިރުކުރެއްވުމުން، ކުރީގެ ސަރުކާރަށް ލުތުފީ ހުރިތަން ރަނގަޅަށް އެނގި ތިބެވެސް، ރާއްޖެ ނުގެނެވުނީ އުމަރުގެ ހުއްދަ ނުލިބުމުން ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.