މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެރޭ ބޭއްވި ކާނީވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ލިބުމުން މިހާރުގެ ސަރުކާރުން އެހެން ގައުމުތަކާއެެކު ހަދާ ހުރިހާ އެގްރިމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ގަނެފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި، 54 މެމްބަރުންގެ ވޯޓުންނެވެ.

އެ ވާހަކަތަކަށް ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ މެމްބަރު، މުހައްމަދު ނިހާދެވެ.

މައްސަލަ ހުށަހަޅުވަމުން ނިހާދު ވިދާޅުވީ، އެމައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކަތަކައް ވާތީ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.