ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ރާއްޖެ ގެނައުމަށް، ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުގެ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި، މިހާރު މަދުވަނީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން އެމޭރެމުން ވާހަކަފުޅު ދެއްކެވީ، ލުތުފީ މައްސަލައިގަ އިމްރާން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުން ލިބުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، ލުތުފީ ރާއްޖެ ގެނައުމަށްޓަކައި އޯވަސްޓޭއަށް ލަންކާގެ އިމިގްރޭޝަންއަށް ދައްކަން ޖެހޭ ފީގެ އަދަދަކީ، 2،852 ޑޮލަރު (44,063 ރުފިޔާ) ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ލުތުފީ ޖަލުގައި ހުކުމް ތަންފީޒު ކުރެއްވީ 21 އަހަރެވެ. އަދި އޭނާ ހުކުމް ތަންފީޒުނުކޮށް ބާކީ އޮތީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.