ކރައީސް ޔާމީންގެ ވެރިކަމުގައި ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ، އޭރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރުގެ އިޒްނަ ނުލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެހެން ވިދާޅުވީ، ލުތުފީ މައްސަލައިގަ މިއަދު އެބޭފުޅާ މަޖިލީހަށް ހާޒިރުކުރައްވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

މަޖިލީހުގެ މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން އިތުރަށް ވިދާޅުވި، ލުތުފީ މިހާރު ރާއްޖެ ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ލަންކާ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށާއި، އަދި އެ ގައުމުގެ ޑިފެންސް މިނިސްޓަރީން ދޭން ޖެހޭ ލިޔުމެއް ލިބުނު ހާ އަވަހަކަަށް ލުތުފީ ރާއްޖެ ގެންނާނެ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ އަނބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ގެންނަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ގާތްގަނޑަކަށް ނިމިފައި ވަނިކޮށް، ލުތުފީ ރާއްޖެ ނުގެނެވުނީ އެއީ މުހިންމު ކަމެއް ނޫން ކަމަށް ބުނެ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އިރުޝާދު ދެއްވަމުން ކަމަށެވެ.

ރައީސް ޞާލިހް ވެސް ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައި، ލުތުފީ ރާއްޖެ ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލުތުފީއަށް މާފު ނުދެއްވާނެ ކަމަށް ވެސް ރައީސް ވަނީ އިއުލާނުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.