ލ.މާމެންދޫގައި މިދުވަސްކޮޅު ހުމާއި ރޯގާ ފެތުރޭ މިންވަރު އާދަޔާއިހިލާފް އިތުރުވުމުގެ ސަބަބުން، ސުކޫލަށް ކިޔަވަން ކުދިން ދާ މިންވަރު މަދުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ސުކޫލުން އޮފިޝަލެއް ބުނީ، އެރަށުގައި މަދަރި ވަރަށް ގިނަ ކަމަށާއި ޑެންގޫ ފަދަ ހުމާއި ރޯގާ ދަނީ ވަރަށް ހަލުވިކަމާއިއެކު އެރަށުގައި ފެތުރެމުން ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެއްވެސް ބެލެނިވެރިއަކު، ދަރިވަރިންގެ ފިލާވަޅުތައް ގެއްލެން ބޭނުންނުވާތީ، ކުއްޖާއަށް ހުން ނުވަތަ ރޯގާ ޖެހިފައި ހުއްޓަސް، ކިރިޔާވެސް ރަނގަޅިއްޔާ ސުކޫލަށް ފޮނުވަނީ ކަމަށެވެ. އަދި، އެ ބަލިތައް އެހާ ބޮޑަށް ފެތުރިގެން އެ ދަނީ މީހުން އެއްވެ އުޅޭ ތަންތަނަށް ގިނައިން ނިކުމެ، ހަދައި، ބަލިޖެހިފައި ހުއްޓަސް ދަރިން ސުކޫލަށް ފޮނުވާ ހަދާތީ ކަމަށެވެ.

މާމެންދޫ ސުކޫލުގެ އިސްވެރިން މިހާރު އެޑިއުކޭޝަން މިނިސްޓްރީއާއި ވާހަކަދައްކައިގެން މަސައްކަތް ކުރަމުން ދަނީ ރަށުން ހުން މަދުވަންދެން ސުކޫލު ވަގުތީ ގޮތުން ބަންދުކުރޭވެނެ ގޮތެއް ހެދުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހުމާއި ރޯގާ ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާ ބާޔާނެއް ނެރެ، ރޯގާއިން ރައްކާތެރިވެ ތިބުމަށްވެސް އާއްމުންނަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.