އިންޑިޔާގެ ގައުމީ އެއާލައިން، އެއާ އިންޑިޔާގެ ފްލައިޓްތަކެއްގައި ޒަމްޒަމް ފެން ނުއުފުލަން ނިންމައިފިއެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ސެޕްޓެމްބަރ 15 އާއި ހަމައަށް ޖިއްދާއިން ހައިދަރް އާބާދާއި މުމްބާއި އަދި ކޮޗިނަށް ދަތުރުކުރާ ފްލައިޓްތަކުގައި ޒަމްޒަމް ފެން ނުއުފުލާނެއެވެ.

އެއާ އިންޑިޔާގެ ސޭލްސް ރެޕްރެޒެންޓޭޓިވް އަކާއި ހަވާލާދީ "ޚަލީޖް ޓައިމްސް" ގައި ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމާފައި ވަނީ ފްލައިޓްތަކުގެ ސަލާމަތީ ކަންތައް ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

އަދި ޒަމްޒަމް ފެން ނުއުފުލޭނީ ހަމައެކަނި ޖިއްދާއިން އިންޑިޔާއަށް ދަތުުރުކުރާ ކުޑަ ފްލައިޓްތަކުގައި ކަމަށާއި އެއީ ޖާގައިގެ ދަތިކަމާއި ހުރެ އެޅި ފިޔަވަޅެއް ކަމަށް ވެސް އެއާ އިންޑިޔާއިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ސައުދީ އިން އިންޑިޔާއަށް ދަތުރުކުރާ ބޮޑެތި ފްލައިޓްތަކުން ކުރިއެކޭ އެއްގޮތަށް ޒަމްޒަމް ފެން އުފުލޭނެ ކަމަށް ވެސް އެއާ އިންޑިޔާއިން ވަނީ ބުނެފައެވެ. 

ސައުދީ އަރަބިއްޔާއަށް ހައްޖަށާއި އުމްރާއަށް ދާ މުސްލިމުން އަބަދުވެސް އެނބުރި ގައުމަށް އަންނައިރު ޒަމްޒަމް ފެން ގެެނެއެވެ. އަދި އެ ފަރާތްތަކަށް ޒަމްޒަމް ފެން ގެނެވޭނެ އިންތިޒާމް އެއާލައިންތަކުން ހަމަޖައްސާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.   

ކީރިތި ރަސޫލާގެ ޚަދީޘްފުޅުތަކުން ސާބިތުވެފައިވާ ގޮތުގައި ދުނިޔޭގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *