ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ޗައިނާގެ ވާވޭ ބްލެކްލިސްޓްކޮށްފައިވީ ނަމަވެސް، އިނގިރޭސި ވިލާތުގެ މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ހަތަރު ކުންފުނިން ވާވޭގެ އެހީގައި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް 5ޖީ ނެޓްވޯކް ދިނުމަށް ހަވާލުކޮށްފިއެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސިވިލާތުގެ މުވާސަލާތީ ކުންފުނިތައް ކަމަށްވާ އީއީ އާއި އޯޓޫ އަދި ތްރީގެ އިތުރުން ވޮޑަފޯން އިންވެސް ވަނީ 5ޖީ ނެޓްވޯކް ދިނުމަށްޓަކައި ވާވޭގެ އެހީ ހޯދުމަށް ނިންމާފައިވާކަމަށްވެއެވެ.

އެގޮތުން، ވޮޑަފޯން އިން ހިދުމަތްދޭ ހަތް ސިޓީ އަކާއި އީއީގެ އެތައް ސައިޓެއްގެ އިތުރުން އޯޓޫ އަދި ތްރީ އިން ވެސް 5ޖީ ހިދުމަތްދިނުމަށްޓަކައި ވާވޭއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަން ޓިޕްސްޓާސް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ބެލެވޭގޮތުގައި، އިނގިރޭސިވިލާތުގެ މުވާސަލާތި ކުންފުނިތަކުން ވާވޭގެ އެހީ ހޯދުމަށް ނިންމާފައިވަނީ، ދާދިފަހުން އެރިކްސަން ކުންފުނީގެ ބައެއް އިކުއިޕްމެންޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އޯޓޫގެ ބައެއް ކަސްޓަމަރުންނަށް 3ޖީ އާއި އެލްޓީއީ ހިދުމަތް އެއް ދުވަހަށް މެދުކެނޑުމުން އެންމެ ކުންފުންޏަކަށް ބަރޯސާވުން ދޫކޮށްލުމަށްޓަކައެވެ. އެގޮތުން، އެމީހުން ގަބޫލުކުރާގޮތުގައި އެ ގައުމުގެ ހުރިހާ މުވާސަލާތީ ކުންފުނިތަކުން އެންމެ ބައެއްގެ ހާޑްވެއާ ބޭނުންކުރީނަމަ ފަހަރުގައި މުޅި އިނގިރޭސިވިލާތުގެ އެންމެހާ ރައްޔިތުންނަށް އެކަމުގެ އުނދަގޫތައް ތަހައްމަލުކުރަންޖެހުނީސްކަން ޔަގީނެވެ.

މިކަމާއި ގުޅޭގޮތުން، ލަންޑަނަށް ނިސްބަތްވާ އެނަލިސްޓް ފާމްގެ ފައުންޑާ އަދި ޕްރިންސިޕަލް އެނަލިސްޓް މެތިއު ހޮވެޓް ބުނީ ވާވޭގެ ސަބަބުން ގިނަ ގައުމުތަކަށް ފައިދާވެ، އެއްވެސް ދަތިކަމަކާ ނުލައި 5ޖީ ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.