ހުކުރު ދުވަހުގެ ރޭ އާއްމު ހެދުމުގައި ތިބެ ފުލުހުން ތަކެއް މާފަންނު ގެއަކަށް ވަދެ ބާރުގެ ބޭނުން ކޮށް، އެގޭގައި ތިބި މީހުންނަށް އަނިޔާ ކުރި މައްސަލައިގަ، ފުލުހުންގެ އެއްވެސް އޮފިސަރެއް ގާނޫނާއި ގަވައިދާއި ހިލާފަށް އަމަލުކޮށްފައިވާނަމަ، ގާނޫނުގެ ތެރެެއިން ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފިއެވެ.

އެންއައިސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ، އެމައްސަލައިގަ ފުލުހުން ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަަށް، އެކޮމިޝަނުގެ ތަހްގީގަށް ސާބިތުވެއްޖެނަމަ، އެ ފުލުހަކާއި މެދު، އެކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންއައިސީން އިތުރަށް ބުނީ، އެ ތަހްގީގަށް އެ އޮފިސަރަކާއި މެދު ޖިނާއީ ދައުވާއެއް ކުރަން ފެނިއްޖެނަމަ، ގާނޫނުގެ ދަށުން ޖީނާއި ދައުވާ ކުރަން ޕީޖީ އޮފީހަށްވެސް ފޮނުވާނެ ކަމަށެވެ.

އެންއައިސީގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ މައްސަލައަކީ ކަމާއި ބެހޭ އިދާރާތަކުން ތަހްގީގު ކުރަމުންދާ މައްސަލައަކަށްވެފައި، މައްސަލައިގަ ވަކި ގޮތެއް ނުނިމެނީސް މީސްމީޑިއާގައި، އެ އަނިޔާ ކުރި ފުލުހުންނާއި، އަނިޔާ ލިބުނު މީހުންގެ ވީޑިއޯ އަދި ފޮޓޯ ދައުރު ނުކުރުމަށް އެދޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.