މީޑިއާތަކަށް އިންޓަރނެޓްގެ އަގު ހެޔޮ ކޮންދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ މިއަދު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެކަމަށް އެދިފައެވެ.

މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި، ޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މީޑިއާތަކުގެ މާލީ ހާލަތަށް ބަލާއިރު، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިންޓަނެޓްގެ އަގު ބޮޑުވުމުގެ ސަބަބުން އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. 

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު މަލީހު ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.