ދައުލަތުގެ ބަޖެޓުގެ 15 އިންސައްތަ ހޭދަވާނީ ޗައިނާގެ ދަރަނި ދައްކަން ކަމަށް މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހޫނު ރައްދެއް ދެއްވައިފިއެވެ.

އިންޑިއާގެ ތިންކްޓޭންކް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން ރާއްޖޭގައި ކުރިޔަށް ގެންދިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ މާބޮޑު އަގެއްގައި ކަމަށާއި، އެ މަސައްކަތުގެ އަގު އަދާކުރުމަށް ދައުލަތުގެ ބަޖެޓުން 15 އިންސައްތަ ހޭދަކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ އެބުމުނަށް ރައްދުދެއްްވައި ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ ސައީދު ވިދާޅުވީ،  އެއްބަޔަކު ރުއްސަން އަނެއް ބަޔަކު ކަތިލާކަށް ނުޖެހޭ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑު އަގުގައި ހިންގި ޕްރޮޖެކްޓްތައް ބުނެދިނުމަށް މެންބަރު ސައީދު ވަނީ ރައީސް ނަޝީދުގެ އަރިހުން އެދިއްލައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީން ބުނަމުން ދިޔަ "ދަރަނި ދަންތޫރަ" ގޯސް ކަމަށް ރައީސް ނަޝީދު އަމިއްލަފުޅަށް އިއުތިރާފުވިކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައްޔާއި، ބޭރު ޤައުމުތަކުގެ ކުރިމަތީގައި މާފަށް އެދުން މުހިންމު ކަމުގައި ސައީދު ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ ޖީޑީޕީގެ 15 އިންސައްޔަ ވަކި ޤައުމަކަށް ދައްކަން ޖެހެއޭ ބުނާއިރު ފާއިތުވި 8-7 ވަރަކަށް އަހަރު މި ރާއްޖޭގެ ފަތުރުވެރިކަން އޮތް ގޮތައް ބަލާލުން މުހިންމު ކަމަށާއި، އެއާއި އެކު 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވެ އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގީ ހިލޭ ތޯވެސް ބަލާލުން މުހިންމު ކަމަށެވެ. އަދި އެ ލޯނަށް ޖީޑީޕީގެ ކިތައް އިންސައްތަ ދައްކަން ޖެހޭ ތޯއާއި މެދުވެސް ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.