އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސަކަށް އައިމިނަތު މިންނާ މިއަދު އިންތިހާބުކޮށްފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުއްވިޒު، ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް އިންތިހާބުކުރުމުންނެވެ.

އޭސީސީގައި ހުންނެވި ހަމައެކަނި އަންހެން މެމްބަރު، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހޮވީ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

ކޮމިޝަންގެ މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.