ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާ ސެކްރެޓަރީގެ މަގާމަށް މަބްރޫކު އައްޔަނުކޮށްފިއެވެ.

މުހައްމަދު މަބްރޫކު އަޒީޒް މިއަދު އައްޔަނުކުރައްވާފައި އެވަނީ ސިޔާސީ މަގާމަކަށެވެ.

ރައީސް ޞާލިހް ވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނުގެ ސަރުކާރުގައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށްވުރެ ސިޔާސީ މަގާމުތައް ގިނަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމަށް މަބްރޫކު އައްޔަނުކޮށްފައިވާއިރު، މަބްރޫކް އަކީ މިދިޔަ މަޖިލިސް އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް ވާދަކޮށް ނާކަމިޔާބުވި ފާރާތެކެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އަންޑާ ސެކްރެޓަރީ މަގާމަށް މަބްރޫކް އައްޔަން ކުރުމުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 338 ވަނީ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.