ވޭތުވެދިޔަ ހަފްތާ އެކަނިވެސް މާލޭގައި 52 އެކްސިޑެންޓް ހިނގައިފިއެވެ.

ފުލުހުން މިއަދު ހާމަކުރި މިދިޔަ ހަފްތާގެ ޓްރެފިކް ޑިޕާޓްމެންޓްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މާލޭގައި 52 އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ގަވައިދާ ހިލާފަށް ޕާކްކޮށްގެން 865 އުޅަނދެއްގައި ސްޓިކާ ޖެހިއެވެ. މީގެއިތުރުން ގަވާއިދާ ހިލާފުވެގެން 71 ސައިކަލާއި އަށް ކާރު ޓޯކޮށްފައިވެއެވެ.

އެކްސިޑެންޓުތަކުގައި ހަތަރު މީހަކަށް އަނިޔާވި އިރު، 15 މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓައިފައެވެ. 

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އުޅަނދު ދުއްވި އިރު ފޯނުން ވާހަކަ ދައްކަމުން ނުވަތަ ހެޑްސެޓް ޖަހައިގެން ދުއްވި 60 މައްސަލައެއް ވެސް ވަނީ ބަލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.