ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލި ނަމަވެސް އޭނާ އެނބުރި ރާއްޖެ ގެންނާނެ ކަމަށާއި، އޭނާ ފިލިޔަ ނުދޭނެ ކަމަށް ބުނެ ރައްޔިތުން ގާތު ވީ ވަޢުދު ފުއްދައިދީފިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ އިއްޔެ ވަޑައިގެންފައިވާއިރު، ހޯމް މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަކުގެ މަފްހޫމާއި އިންސާނިއްޔަތު ކަމަށް ރިއާޔަތްކޮށް އަހްމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ގެންދިއުމަށްފަހު އަނބުރާ ރާއްޖެ ގެނެސް، ތަންފީޒު ކުރަންޖެހޭ ހުކުމް ތަންފީޒު ކުރާނެ ކަމަށް ދިވެހި ރައްޔިތުންނަށް ޔަގީންކަން ދެއްވި ކަމަށެވެ.

ބޭސްފަރުވާ އަށް އިންޑިޔާގެ ބެންގަލޫރަށް އަދީބު ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އަދީބާއި އެކު ކަރެކްޝަންސްއާއި ފުލުހުންގެ ޓީމެއްވެސް ހަރަކާތްތެރިވެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބަށް ޖުމުލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވިއިރު، މިސަރުކާރު އައިފަހުން ކުރެވުނު ޝަރީއަތްތަކުގައި އެ ހުކުމްތައް ބާތިލުކޮށް ބައެއް ޝަރީއަތައް ވަނީ އަލުން ކުރުމަށް އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.