އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ކްރެޑިޓް ކާޑު ވަގަށް ނަގައިގެން އޭގެއިން ރެސްޓޯރަންޓެއްގެ ބިލް ދެއްކުމަށް ފަހު ޓިޕްސްގެ ގޮތުގައި ވެއިޓަރަކަށް 4000 ޕައުންޑް (ގާތްގަނޑަކަށް 75 ހާސް ދިވެހި ރުފިޔާ) ދީފިއެވެ.
ސެރީނާ ވޮލްފޭ ކިޔާ އަންހެންމީހާ ކެފޭގައި ނެގި ކެއުމުގެ އަގަކީ 55 ޕައުންޑެވެ. އެހެން ނަމަވެސް އެހާ ބޮޑު އަދަދެއް އޭނާ ޓިޕްސްގެ ގޮތުގައި ވެއިޓަރަށް ދިނީ ލޯބިވެރިޔާ ދެކެ ރުޅިއައިސްފައި ހުރުމުންނެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ވުލްފޭ ވަނީ އޭނާގެ އަމިއްލަ ރަށަށް ދިއުމަށް ފްލައިޓް ޓިކެޓެއް ނަގައި ދިނުމަށް ލޯބިވެރިޔާގެ ފަރާތުން އެދިފައެވެ. އެހެން ނަމަވެސް އެކަން ކޮށްދިނުމަށް ލޯބިވެރިޔާ ދެކޮޅު ހެދީއެވެ.
ވޮލްފޭގެ ލޯބިވެރިޔާ ކްރޭން ވަނީ އޭނާގެ ކްރެޑިޓް ކާޑު ބޭނުންކުރެވޭ އަދަދު ލިމިޓް ވެސް ކޮށްފައެވެ. އެހެން ނަމަވެސް އޭނާއަށް ނޭނގި ކްރެޑިޓް ކާޑު ބޭނުންކޮށްގެން 4000 ޕައުންޑް ހޭދަކުރީ އެ ލިމިޓް ކެންސަލްކޮށްފައި ވަނިކޮށް ކަމަށް ވެއެވެ.
ކްރޭންއަށް އޭނާގެ ކްރެޑިޓް ކާޑުން 4000 ޕައުންޑް ހޭދަކޮށްފައިވާކަން އެނގިގެން މައްސަލަ ޖެއްސި އިރު ކެފޭއިން ވަނީ 4000 ޕައުންޑްގެ ޓިޕްސް ވެއިޓަރަށް ދީފައެވެ.