ފަތުރުވެރިންތަކެއް އަތުން ފުލުހުން އަތުލައިގަން ރާ ފުޅިތަކެއް ނައްތާލައިފިއެވެ،

ރ. އިފުރު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފެނިފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފައިވަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގެ ފަރާތުންނެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވަނީ 175 ފުޅި ބަނގުރަލާއި، 112 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލި ބަނގުރަލަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ން ފެށިގެން ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެކިދުވަސް މަތިން، ރ.އިފުރު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ތަކެތި ކަމަށެވެ.

އެ ތަކެތި ނައްތާލީ އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.