ޗައިނާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޝިންޖިއަން ސަރަހައްދާ ދާ ފަތުރުވެރިންގެ ފޯނުތަކަށް އެގައުމުގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުން ޚާއްސަ އެޕްލިކޭޝަންތަކެއް އަޅައި ޖާސޫސް ކުރަމުން ގެންދާ ކަމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފިއެވެ.
ނިއުޔޯކް ޓައިމްސްގައި ބުނެފައިވާ ގޮތުގައި އެއްގަމު މަގުން ޝިންޖިއަން ސްޓޭޓަށް ދަތުރުކުރާ މީހުންގެ ފޯނުތަކަށް ބޯޑަރ ކޮންޓްރޯލް އޮފިސަރުން ޚާއްސަ އެޕްލިކޭޝަނެއް އިންސްޓޯލް ކުރާކަމަށެވެ.
އެގޮތުން ދާދި ފަހުން ޝިންޖިއަންއަށް ދިޔަ ނޫސްވެރިންގެ ފޯނުތަކަށް ވެސް ބޯޑަރ ކޮންޓްރޯލް އޮފިސަރުން ޖާސޫސް ކުރާ އެޕްލިކޭޝަން އިންސްޓޯލް ކުރި ކަމަށް ވަނީ ބުނެފައެވެ.
މި އެޕްލިކޭޝަނުން ފޯނުގައި ހުންނަ ޒާތީ މައުލޫމަތު އެއްކުރުމުގެ އިތުރުން ޓެކްސްޓް މެސެޖްތަކާއި ކޮންޓެކްޓްސްތަކުގެ މައުލޫމާތު އެއްކުރެއެވެ. އަދި ފޯނުގައި ހުންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް ސްކޭން ކުރެއެވެ. މިގޮތަށް ސްކޭން ކުރަނީ އެޕްލިކޭޝަންގައި އެކުލެވޭ ޚާއްސަ ކޯޑެއްގެ އެކުލެވޭ 73000 ބާވަތެއްގެ ފައިލްތަކެއް އެކުލެވޭތޯ ބެލުމަށެވެ.
އޭގެ ތެރޭގައި ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތަށް ތާއީދުކުރާ ލިޔުންތަކާއި ފޮޓޯތައް ހިމެނޭތޯ ބެލުން ހިމެނެއެވެ.