އަންހެނުންގެ ހެދުންތައް ވަގަށް ނަގަމުން ގެންދާ ކަމުގެ ތުހުމަތުގައި ކެނެޑާގެ ގަޓިނޯ ސިޓީގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ ސިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ އުމުރުން 28 އަހަރުގެ ފިރިހެންމީހާ މައްޗަށް ކުރެވެނީ ހިއްކަން އަޅާފައި ހުރި ހެދުންތައް ވަގަށް ނެގުމުގެ ތުހުމަތު ކަމަށެވެ. 

އެގޮތުން ހެދުންތައް ވަގަށް ނެގުމަށް ފަހު އޭނާ ވަނީ އެ ހެދުންތައް ބޭނުންވާ ނަމަ އޭނާ އާއި ގުޅަން ޖެހޭނެ ކަމަށް ލިޔެފައިވާ ނޯޓެއް ކޮންމެ ގެއެއްގެ ތެރޭގައި ބާއްވާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވަގުކަލޭގެ ހައްޔަރުކޮށްފައި ވަނީ ހެދުން ވަގަށް ނަގައިގެން ފުލުހުންނަށް ލިބުނު ތަފާތު 3 ޝަކުވާ އަކާއި ގުޅިގެން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.