މިދިޔަ ހަފްތާގައި މާލޭގައި ހިނގި އެކްސިޑެންޓުތަކާ ގުޅިގެން 15 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު އާންމު ކުރި ޓްރެފިކް މެނޭޖުމެންޓު ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލޭގައި މިދިޔަ ހަފްތާގައި މާލޭ ސަރަހައްދު 52 އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކޮށްފައިވެއެވެ.

އަދި އެ އެކްސިޑެންޓުތަކުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ

މިދިޔަ ހަފްތާ ޖުމްލަ 323 އުޅަނދެއް ބަލާ ފާސްކުރި އިރު، ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 43 އުޅަނދެއް ފާހަގަވި އިރު، ލައިސަންސް ނެތި ދުއްވި 140 މައްސަލައެއް ވަނީ ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.