މާފަންނު ގެއެއްގެ ތެރެއަށް ވަދެ ފުލުސް އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޓީން މާދަމާ ބައްވާ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ ބައްދަލުވުން އޮތީ މާދަމާ ހަވީރު 5:00 ޖަހާއިރު އެވެ.
އިއްޔެ ރޭ ހިނގި މި ހާދިސާގައި ފުލުހުން އެ ގޭގެ ތެރެއަށް ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުންގެ އޮފިސަރުންގެ ގްރޫޕާ އިއްޔެ ބައްދަލު ކުރައްވާފައިއެވެ.