ބެކްޓީރިއާތަކުގެ މެދުގައި ކުރެވޭ މުއާމަލާތް އަޑުއެހުމުގެ ގާބިލްކަން ލިބިފައިވާ ޓޫލެއް އުފެއްދުމުގެ މަސައްކަތް ސައިންޓިސްޓަކު ފަށައިފިއެވެ. މި މަސައްކަތް ފަށާފައި ވަނީ އިނގިރޭސި ވިލާތުގެ ޑ. ފާތިމާ އަލްޒަހްރާއެވެ.
ޑރ. ފާތިމާ ބުނެފައިވާ ގޮތުގައި އަލަށް އީޖާދު ކުރެވޭ ޓެކްނޮލެޖީގެ އެހީގައި ބެކްޓީރިއާތައް ހުރިކަން 30 ސިކުންތުގެ ތެރޭގައި ދެނެގަނެވި އެއަށް ފަރުވާ ދެވޭނެ ކަމަށެވެ.
އޭނާ އުއްމީދު ކުރާ ގޮތުގައި މި ޓޫލްގެ ސަބަބުން ވެގެން ދާނީ އެންޓިބަޔޮޓިކްސް ބޭނުން ކުރުން މަދުކުރުމަށް އެހީތެރިވެދޭނެއެވެ. އެއީ މި ޓޫލްގެ ސަބަބުން ޑޮކްޓަރުންނަށް ސީދާ ބަލިމީހާއަށް ދޭންޖެހޭ ފަރުވާ އަކީ ކޮބައިކަން އެނގޭނެތީ އެވެ.
ބެކްޓީރިއާތަކުގެ މުއާމަލާތް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕްރީ ޑައެގްނޯޒްގެ ފައުންޑާރ ޑރ. ފާތިމާ ޑެއިލީ މެއިލްއަށް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މި ޓޫލްގެ ސަބަބުން ބެކްޓީރިއާތަކުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް އިންގިލާބުތަކެއް ގެންނާނެއެވެ.
މި ޓޫލް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ނަމަވެސް ސީދާ ރަސްމީކޮށް ބޭނުންކުރަން ފާށަނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.