ކ.މާފުށީ މޫދުގައި ނިޔާވެފައި އޮތް ހަތަރު އަހަރުގެ ކުއްޖަކު ފެނިއްޖެއެވެ.
ނިޔާފައި އޮއްވާ ފެނިފައިވަނީ ހަތަރު އަހަރުގެ ކުޑަކުއްޖެކެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އާއިލާއާއި އެކު މާފުށްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް އުޅުނު ކުއްޖެކެވެ. އަދި އެ ކުއްޖާ ނިޔާވީ އެ މީހުން ތިބޭ ގެސްޓު ހައުސް އާއި ދިމާ މޫދަށް އެރި އުޅުމުގެ ތެރޭގައެވެ.
މިހާރު އެ ކުއްޖާގެ ހަށިގަނޑު މާފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައެވެ. އަދި އެކުއްޖާގެ ހަށިގަނޑު މާލެ ގެނެވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.