ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވެގެން ފުލުހުން، އެ އަލިފާންގަނޑު ނިއްވާލައި އެހީތެރިވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ސިނަމާލެ ބްރިޖު ކައިރިން ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަން ރިޕޯޓް ކުރީ، މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ލޯންޗް މާލޭގެ 3 ނަމްބަރު ފާލަން ކައިރިއަށް ގެނެއުމަށް ވަނީ އެހީވެފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުން ލޯންޗް އޮތް ސަރަހައްދަށް ދިޔައިރުވެސް، ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.

ފުލުހުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ، ލޯންޗްގައި އަޅާފައިވާ ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު ތާށިވެ ހުޅުހިފައިގެން ކަމަށެވެ. އެ ހާދިސާގައި ލޯންޗްގައި ތިބި އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *