މާފަންނު ގެއަކަށް ވަދެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން، ގެޔަކަށް ވަދެ މީހަކަށް އަނިޔާކުރި ފުލުހުންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ވަދެފައި ވަނީ، އޮޕަރޭޝަން ހިންގި ގޭގެ ކުރިމަތީގައި ހުރި، އިހުސާން ފިހާރަ ހުންނަ، މ.ބަޑިކުޅިގެއަށެވެ. އެ ގެއަކީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ގެއެވެ.
އެ މައްސަލައާއި ގުޅީގެން، އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ކޮމިޝަނަރު މިއަދު ބައްދަލުކުރެއްވުމަށްފަހު، ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމައްސަލައިގައި އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެފަދަ ލާއިންސާނީ އަމަލުތައް ޓޮލެރޭޓް ނުކުރައްވާނެ ކަމަކަމަށެވެ.
މާފަންނު ގެއަކަށް ފުލުހުން ރޭ ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރަކާ އެކުގައެވެ.