ފިލައިގެން އުޅުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ ޝައިމް ފޮރުވައިގެން އުޅުނު މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. 

ޝައިމް ފިލައިގެން އުޅުނު މައްސަލައިގަ ހައްޔަރުކުރި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި އެމައްސަލައިގަ ހައްޔަރުކުރި ފިރެހެން މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.

އެ އަންހެން މީހާގެ ބަންދަށް ކޯޓުން 6 ދުވަސް ޖަހާދީފައިވާއިރު، އެ ފިރެހެން މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *