އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ހަތްވަނަ ފަންގިފިލާއިން، މީހަކާއި އެކު ހިފްޓް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގެ ދެކުނު ފަރާތުގައި “ޖާ އިންވެސްޓްމަންޓް” އިން ހަދަމުންދާ އިމާތެއްގެ 7 ވަނަ ފަންގިފިލާއިން ލިފްޓް ބޭނުންކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައި ކޭބަލް ކަނޑައިގެން ގޮސްގެން ކަމަށެވެ.

މި ހާދިސާގައި ލިފްޓާއެއްކޮށް ބިދޭސީ ފިރިހެނެއް ވެއްޓުނުކަމުގެ މަޢުލޫމާތު މިއަދު ހެނދުނު ފުލުހުންނަށް ލިބިފައިވާކަމަށާއި އެ މީހާ ފަރުވާ ދިނުމަށް މިއަދު ހެނދުނު 9:13 ގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *