ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް މިސަރުކާރުން އިންޑިޔާއަށް ދިއުމަށް ފުރުސަތު ދިނުމުން، ފަރުވާއަށް ފަހު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ސަރުކާރުން އަދީބަށް ފުރަތަމަ ދެއްވީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އަދީބުގެ އެދިލެއްވުމަށް ސަރުކާރުން ވަނީ އިތުރު 10 ދުވަސް އޭނާއަށް ދެއްވާފައެވެ.

އަނބިކަނބަލުން ނަސްވާއާއި އެކު އަދީބު އިންޑިއާއަށް ބޭސްފަރުވާއަށް މިދިޔަ މަސްތެރޭގައި ފުރި އިރު، އަދީބާއި އެކު ކަރެކްޝަންއާއި ފުލުހުންގެ ޓީމެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ އޭނާއަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނުދެއްވުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބަށް ޖުމްލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު، މިސަރުކާރު އައިފަހުން ކުރެވުނު ޝަރީއަތްތަކުގައި ހުކުމް ބާތިލުކޮށް ބައެއް ޝަރީއަތް އަލުން ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.