ކޯސްޓްގާޑު އިމާރާތް ތަޅާލާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެ ބިލްޑިން ތަޅާލައި، އެބިން ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނެއް ނެރެފައެވެ.

އެ އިއުލާންގައި ބުނެފައިވަނީ، ބީލަމަށް ހުޅުވާލައިގެން، އެމްއެންޑީއެފްގެ ކޯސްޓްގާޑް އިމާރާތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އަދި، ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގަައި 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބީލަން ހުޅުވުން އޮންނާނީ 25 ޖުލައިގެ 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާކުރާ މާލަމުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *