ސިނަމާލެ ބުރިޖު 77 މިލިއަން ޑޮލަރަށް އަޅައިދޭން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ކޮޓޭޝަން ހުށަހެޅި ކަމަށް މަޖިލިސް ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިނަމާލެ ބުރިޖު 77 މިލިއަނަށް އަޅައިދޭން ޖީއެމްއާރް ކުންފުނިން ކޮޓޭޝަން ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ޗައިނާގެ ސީސީސީ ކުންފުންޏާ ހަވާލު ކުރުމުން މިއަދު 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ނަމަވެސް އެ ދަރަނި ދައްކަން ޖެހޭ ކަމަށާއި، އެގޮތުން ޗައިނާގެ އެކި ކުންފުނިތަކަށް ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 އިންސައްތަ ޗައިނާ ލޯނުތައް ދައްކަން ކަނޑައަޅަން ޖެހޭ ކަމަށެވެ.

ސިނަމާލެ ބުރިޖު އެޅަން ޗައިނާގެ ސީސީސީ ކުންފުންޏާއި ހަވާލު ކުރީ ބޮޑު އަގުގައި ކަމުގެ އަޑުތައް މީގެ ކުރިންވެސް ފެތުރުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *