މާފަންނު ގެއަކަށް ވަދެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން، ބަޔަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތުގައި އެހެން ގެޔަކަށް ވަދެ، އެގޭގެ މީހުންނަށް ފުލުހުން ބިރު ދައްކައިފި އެވެ.

ފުލުހުން ވަދެފައި ވަނީ، އޮޕަރޭޝަން ހިންގި ގޭގެ ކުރިމަތީގައި ހުރި، އިހުސާން ފިހާރަ ހުންނަ، މ. ބަޑިކުޅިގެއަށެވެ. 

އެ ގެއަކީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްއަބްދުއްސައްތާރުގެ ގެ އެވެ.

އެ ހާދިސާގެ ތަފްސީލް ދެއްވަމުން އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަންގައި އުޅުނު ފުލުހުންތަކެއް އެގެއަށް ވަދެ ސުވާލު ކުރީ އަނިޔާކުރި ވަގުތު ވީޑިއޯ ނެގީ ބަޑިކުޅިގޭގައި ތިބި ބަޔަކު ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ މެދު ކަމަށެވެ. އަދި އެގޭގެ ދެ ފްލޯއަކަށް ފުލުހުން ވަތް ކަމަށާއި ފޯން ފާސްކޮށް، ވީޑިއޯ ޑިލީޓް ކުރުމަށް ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އަނަސް ވަނީ ވިދާޅުވެފަ އެވެ.

އަދި އެ ގެއަށް ފުލުހުން ވަނީ ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.

މާފަންނު ގެއަކަށް ފުލުހުން ރޭ ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކޯޓު އަމުރަކާ އެކުގައެވެ.

ފުލުހުންގެ ބަޔަކު އެ އަޕަރޭޝަންގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ އާންމު ވުމާއި އެކު ޕޮލިސް ކޮމިޝަނަރ ހަމީދު ވިދާޅުވީ އެ އަމަލު ހިންގި ފުލުހުން ވަގުތުން ސަސްޕެންޑް ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *