ޗައިނާގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، އެބޭފުޅާ މިހާރު އިންޑިއާ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖެ އާއި ސްރީލަންކާ އިން ޗައިނާއާ އެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައި އޮތުމުން އެގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ.
ޗައިނާ އަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީތެރިވަމުން އަންނަ ގައުމެއް ކަމަށް ވިދާޅުވަމުން، ޝަމާލު ވިދާޅުވީ، އިންޑިއާ އާއި ޗައިނާއާ ދެމެދުގައިވެސް ވިޔަފާރީގެ ގުޅުން ވަނީ ގާއިމުކޮށްފައި ކަމަށެވެ.
ޝަމާލް ވިދާޅުވީ، ރާއްޖެ އޮތީ ބޭރުގެ އެކިއެކި ގައުމުތަކަށް ބަރޯސާވެފައި ކަމަށާއި، އެކިއެކި ގައުމުތަކަށް ބަރޯސާވުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށެވެ.