ހަފްތާ ބަންދާއި ދިމާކޮށް، ޔޫތް މިނިސްޓްރީން އިންތިޒާމް ކޮށްގެން ރަސްފަންނު ސަރަހައްދުގައި ބާއްވާ "ހަފްތާ ރެސް" ބާއްވާ ސަރަހައްދު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރަން ފަށައިފި އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީމޭޔަރު ސަމާއު ޝަރީފް ވިދާޅުވީ، ހަފްތާ ރެސް އަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މުހިންމު އިވެންޓެއް ނަމަވެސް، އެ އިވެންޓް ބާއްވަނީ އެންމެ އެކަށީގެންވާތަން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ސަމާއު ވިދާޅުވީ ރަސްފަންނުގައި މިހާރު ބާއްވަމުން އަންނަ ހަފްތާ ރެސް އެހެން ސަރަހައްދަކަށް ބަދަލު ކުރަން ޖެހޭ މައުގަނޑު ސަބަބަކީ އެހަރަކާތް ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާތީއާއި، ހަފްތާ ބަންދުގައި އެ ސަރަހައްދަކީ ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވުމުންކަމަށެވެ.
ހަފްތާ މާރުކޭޓް ބޭއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.