ސުޕަމާޓަކަށް ވަދެ ވައްކަން ކުރަން އުޅުނު އަންހެނަކު ހައްޔަރު ކުރުމުގެ ބަދަލުގައި ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގެ ސުޕަމާކެޓަކަށް ވަދެ އަންހެން މީހާ ވައްކަން ކުރަން އުޅެނިކޮށް އެކަން ފަޅާއެރީ ސުޕަމާކެޓުގެ މުވައްޒަފުންނަށެވެ. އެއާއި އެކު މުވައްޒަފުން ވަނީ އޭނާ ހިފެހެއްޓުމަށް ފަހު ފުލުހުންނަށް ގުޅާފައެވެ. 

ކަން ދިމާކުރި ގޮތުން އެވަގުތު އެ ސަރަހައްދުގައި ޑިއުޓީގައި ހަރަކާތްތެރިވަމުން ދިޔަ ތިން ފުލުހަކު ވެސް މެންދުރު ގަޑީގައި ކާނެ އެއްޗެއް ގަތުމަށް ގޮސް ސުޕަމާކެޓުގައި ތިއްބެވެ. އެހެންވެ އެ މައްސަލަ ހައްލުކުރުމަށް އެތަނުގައި ހަރަކާތްތެރިވީ ވެސް އެ ތިން ފުލުހުންނެވެ. 

ފުލުހުން ގޮސް ކަން ހިނގި ގޮތް އޮޅުން ފިލުވުމަށް ފަހު ނިންމީ އަންހެންމީހާ ހައްޔަރުކުރުމުގެ ބަދަލުގައި، އޭނާ ވަގަށް ނެގި އެއްޗިއްސަށް ފައިސާ ދެއްކުމަށެވެ.

ކަންހިނގާ ދިޔަގޮތާއި ބެހޭ ގޮތުން އެވަގުތު ފިހާރައިގައި ހުރި ކަސްޓަމަރަކު ވަނީ ސޯޝަލް މީޑިޔާގައި ފުލުހުންނަށް ތައުރީފްކޮށް ފޮޓޯއެއް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ފުލުހުން އަންހެންމީހާ ވަގަށް ނެގި އެއްޗިއްސަށް ފައިސާ ދައްކައި އޭނާ ހައްޔަރު ނުކުރަން ނިންމައި ފުލުހުން އަމަލުކުރި ގޮތުން ވަރަށް އުފާވެއްޖެ ކަމަށެވެ. 

އެ ކަސްޓަމަރު ސޯޝަލް މީޑިޔާގައި ހިއްސާކުރި ފޮޓޯއަށް ކޮމެންޓް ކުރި އެތައް ބަޔަކު ވެސް ވަނީ ފުލުހުންގެ އެ އަމަލަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. 

ނިއުޔޯކުގެ ޕޮލިސްގެ ޗީފް ޓެރެންސް މޯހަން ވެސް ވަނީ އެވަގުތު ފުލުހުން އަމަލުކުރި ގޮތަށް ތައުރީފްކޮށް ޓްވީޓްކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ ސްޓެރެޓެޖިކް ރެސްޕޮންސް ގްރޫޕްގައި ހިމެނޭ 3 ފުލުހުންނަކީ ވަރަށް ހިތްހެޔޮ އަދި އަބަދުވެސް ނިއުޔޯކްގެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ފުލުހުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *