އަންނަ މަހު އައްޑޫގައި އޮންނަ "ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ސިޓީ ހޮޓެލް ޕާޓްނަރަކަށް ވޭވް ސައުންޑު ހަމަޖައްސައިފި އެވެ.
ޓައިޓަން މޯލްޑިވްސް އިން އިންތިޒާމު ކުރާ މި އިވެންޓް އޮންނާނީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ތިންވަނަ ދުވަހުގެ ނިޔަލަށް އީކުއޭޓާ ވިލެޖުގައެވެ.
ފަތުރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތައް ބައިވެރިވާ މި ހާއްސަ އިވެންޓުގެ ސިޓީ ހޮޓެލް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ ވޭވް ސައުޑް ބައި ތްރީއެސް މޯލްޑިވްސްއަކީ އައްޑޫގައި ހިންގަމުން ގެންދާ ހަތް ކޮޓަރީގެ ގެސްޓްހައުސް އެކެވެ.
މި އެއްބަސްވުމުގައި ވޭވް ސައުންޑް ހިންގާ ތްރީ އެސް ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ޝަރަފުޒާދު ސައީދު ސޮއިކުރެއްވިއިރު، ޓައިޓަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޒީނަތު ހަސަން އެވެ.