އެމެރިކާގެ ކެލިފޯނިއާ އަށް 7.1 މެގްނިޓިއުޑް ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރޭ ފަތިހު މި ބިންހެލުން އައިސްފައިވަނީ ވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ. ބިންހެލުމުގެ އަސަރު މެކްސިކޯއަށްވެސް ކޮށްފައިވެއެވެ.
މިއީ ފާއިތުރުވި 20 އަހަރު ކެލެފޯނިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
އެމެރިކާގެ ކެލެފޯނިއާއަށް އައި މި ބިންހެލުމުގައި އެއްވެސް ތަނަކަށް ގެއްލުންވެފައިވެފައިވާ ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އަދި ސާފެއް ނުވެއެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ބިންހެލުން އައި ސަރަހައްދަށް ލިބުނު ގެއްލުނ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.