ހެނދުނުގެ ނާސްތާ ނުނަގާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގައި މަޤްބޫލް މެގަޒިންއެއް ކަމުގައިވާ "ޖާނަލް އޮފް އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ" ގައި ޝާއިއުކޮށްފައިވާ ދިރާސާ، ކުރިއަށް ގެންދިޔައީ 65 އަހަރާއި 75 އަހަރާއި ދެމެދުގެ 6550 މީހުން ބައިވެރިކޮށްގެންނެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ 60 އިންސައްތަ މީހުން ކޮންމެ ދުވަހަކު ވެސް ނާސްތާ ނަގާކަމަށް ބުނެފައިވެއެވެ. ފަންސަވީސް ޕަސެންޓް މީހުން ބައެއް ދުވަސްތަކުގައި ނާސްތާ ދޫކޮށްލާ ކަމަށް ބުނެފައިވާއިރު 16 ޕަސެންޓް މީހުން ބުނެފައިވަނީ ނާސްތާ ނަގަނީ ވަރަށް މަދުން ނުވަތަ އެއްގޮތަކަށް ވެސް ނާސްތާ ނުނަގާ ކަމަށެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ނާސްތާ ނަގާ މީހުންނާއި އަޅާ ބަލާއިރު ނާސްތާ ގަވާއިދުން ނުނަގާ މީހުންގެ ތެރެއިން 87 އިންސައްތަ މީހުންގެ ހިތަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން ކޮށްފައިވާ ވަރަށް ގިނަ ދިރާސާތަކުން ވެސް ވަނީ ނާސްތާ ދޫކޮށްލާ މީހުންނަށް ޑައިބެޓިކްސް އާއި ހައިޕާޓެންޝަން އަދި ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަތަކާއި ކުރިމަތިވާކަމަށް ދައްކާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *