ސަން ސްކްރީން ލޯޝަނަކީ އިރުގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްުލުން ކުޑަކުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. ސަން ސްކްރީން ލޯޝަނާއި ބެހޭގޮތުން އަހަރުމެން މިއޮތްހާ ދުވަހު އަޑުއަހަމުން އައި ވާހަކަ އަކީ އޭގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތަކުގެ ވާހަކައެވެ.
އެހެން ނަމަވެސް އޭގެ އަނެއްކޮޅަށް ބަލާއިރު ސަން ސްކްރީން ތަކުގައި އެކުލެވޭ ކެމިކަލް އެއްގެ ސަބަބުން މުރަކަތަކަށް ގެއްލުންވާ ކަމަށް ވަނީ ދިރާސާތަކުން ދައްކާފައެވެ. އެއީ ސަން ސްކްރީން ލޯޝަނުގައި އެކުލެވޭ އޮކްސީބެންޒޯން އާއި އޮކްޓިނޮކްސޭޓް ދެމާއްދާ އެކުލެވޭ ނަމަ އޭގެ ސަބަބުން މުރަކަތަކަށް ގެއްލުން ވާނެއެވެ.
ރެންގެ ތަޖުރިބާ ކާރެއް ކަމުގައިވާ ޑޭވިޑް ޑެލްޕޯޓް ބުނެފައިވާ ގޮތުގައި އެ ދެ ބާވަތުގެ ކެމިކަލްގެ ސަބަބުން މުރަކަތަކަށް ގެއްލުންވާ ކަމަށް ދިރާސާތަކުން ހޯދިފައިވާ ކަމަށެވެ. ޑޭވިޑް މިހެން ބުނެފައިވާއިރު އެމެރިކާގެ ހަވާއީ އާއި ފްލޮރިޑާ ސްޓޭޓްގައި އެ ދެ ކެމިކަލް ހިމެނޭ ސަން ސްކްރީން ލޯޝަން ދަނީ މަނާކުރަމުންނެވެ.
މީގެ އިތުރަށް ޑޭވިޑް ބުނެފައިވާ ގޮތުގައި އެހެން ކެމިކަލްތަކުން ވެސް މުރަކަތަކަށް ނުރައްކާ ކުރިމަތިވުން އެކަށީގެންވެއެވެ.