މިސަރުކާރުން ޖުޑިޝަރީގެ ބާރުތައް ފޭރިގެންފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީން ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ބޮޑު ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޝަރުޢީ ދާއިރާގެ ބާރު ކަނޑުވާލުމަކީ ޤައުމުގެ އެންމެ މުހިންމު މުއައްސަސާގެ ދުވަސް ދުއްވާލުން ކަމަށާއި، މި ސަރުކާރުން ޖުޑީޝަރީގެ ބާރުތައް ފޭރިގަނެފައިވާކަމަށެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސް ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް އިޝާރާތް ކުރައްވައެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުޑީޝަރީއަށް ބާރުފޯރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރެއްް ނޫން ކަމަށެވެ.

"ޤާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ލިބިދޭ ބާރުތައް ބޭނުން ކުރަން ވާނީ އުސޫލުގެ ތެރެއިން. ޤާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދޭ ބާރެއް ނޫން އެއީ ޝަރުޢީ ދާއިރާ އަށް ބާރު ފޯރުވުމަކީ." ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ގޮތް ނިންމުމުގައި އަމިއްލަ ބަސް ބުނުމުގެ ޙައްޤު ދިވެހި ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *