އިނގިރޭސިވިލާތުގެ މެރީލޭންޑް ކުންފުނިން އުފައްދާ ކުކީސްގެ ރަހަ ބެލުމަށް މީހަކު ހޯދުމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.

ބާޓަން ފުޑްސްގެ ދަށުން ހިންގާ މަޝްހޫރު މެރީލޭންޑް ކުކީސްގެ ރަހަ ބެލުމުގެ ވަޒީފާއަށް ހޮވޭ ފަރާތަކަށް އިނގިރޭސިވިލާތުގެ އެޑިންބަރާގައި ހުންނަނ ސެންޓަރަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެތަނުގައި އެމީހެއްގެ ފާޑުކިޔުމާއި އެއްގޮތަށް ކުކީސް ތައްޔާރު ކުރާނެއެވެ.

މިދިޔަ ބުދަ ދުވަހު މެރީލޭންޑް ކުކީސް އިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ވަޒީފާއަށް ހޮވޭ ފަރާތަަކަށް އޭނާގެ އިތުރުން އިތުރު ރައްޓެއްސަކު ގެންދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ އުޖޫރަ ކަމުގައިވާ 350 ޔޫރޯ ލިބޭނީ ވަޒީފާއަށް ހޮވޭ ފަރާތަށް އެކަންޏެވެ.

މެރީލޭންޑް ކުކީސްގެ ބްރޭންޑް މެނޭޖަރ ބުނެފައިވާ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތުގެ މަސައްކަތަކަށް ވާނީ ކުކީސްގެ ރަހަ އަށް ފާޑުކިޔައި ކުންފުނިން އުފައްދާ ކުކީސް އަކީ ވީހާވެސް ރަހަމީރު އެއްޗަކަށް ހެދުން ކަމަށެވެ.

މެރީލޭންޑް ކުކީސްގެ ފަރާތުން ކުކީސްގެ ރަހަބެލުމުގެ ވަޒީފާއަށް މީހަކު ހޯދުމަށް ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓްގައި އެދިފައި ވަނީ އެ ވަޒީފާ ބޭނުންވާ ފަރާތްތަކުން އެ ޕޯސްޓަށް ރިޕްލައި ކުރުމަށެވެ. 

އެއާއި އެކު އެތައް ހާސް ބަޔަކު ވަނީ އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް އެމީހުންގެ ރަހަ ބެލުމުގެ ތަޖުރިބާގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ. 

މެރީލޭންޑް ކުކީސް އިން އިއުލާންކުރި ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *