މިނިމަމް ވޭޖް ބިލް މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޞާލިހް ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އަދިވެސް ވަރަށް މަދު ކަމަށާއި، އެދާއިރާ އަށް ޓްރެއިން ވެފައި ތިބި ބަޔަކު ނެތްކަމަށާއި އަދި އެކަމަށް އޮތް ހައްލަކީ މިނިމަމް ވޭޖް ތައާރަފްކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާއި ދާދިފަހުން ބައްދަލުވެ ވަޑައިގަތް ކަމަށާއި، ވަޒީފާ އަށް އިއުލާނު ކުރުމުން ކުރިމަތިލާ ދިވެހިންގެ އަދަދު މަދުކަން އޭނާ ފާހަގަ ކުރެއްވި ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން މިއަހަރު ތެރޭގައި 17000 ވަޒީފާ އުފެއްދެވިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *